ޚަބަރު

މިހާތަނަށް ކަރަންޓު ބިލާ ގުޅޭ 6000 އަށްވުރެއް ގިނަ ޝަކުވާ ލިބުނު، އެކަމަކު ބިލުތަކަށް އަދި އިތުރު ބަދަލެއް ނުގެންނަން: ސްޓެލްކޯ

ކަރަންޓު ބިލާ ގުޅޭ 6000 އަށްވުރެއް ގިނަ ޝަކުވާ ލިބިފައިވާކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލު ބޮޑު ވުން އާއްމުކަމަކަށްވާއިރު، ވޭތުވެދިޔަ ދެ މަސް ދުވަހު ކަރަންޓު ބިލު ބޮޑުވެފައިިވާކަމުގެ ޝަކުވާ އާންމުން ވަނީ ކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ބިލާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލުމާގުޅިގެން މިހާތަނަށް 6000 އަށްވުރެއް ގިނަ ޝަކުވާ ލިބިފައިވާކަމުގައެވެ. އެއީ ފޯނު މެދުވެރިކޮށް 659 ޝަކުވާ އާއި، ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް 6135 ޝަކުވާ އެވެ. އެކަމަކު އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ކަރަންޓު ބިލަކަށް ބަދަލެއް ގެނެސްފައިނުވާކަމަށް އެކުންފުނިން ބުންޏެވެ.

ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އަދިވެސް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ކުންފުނީގެ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ billing@stelcom.com.mv އަށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button