ޚަބަރުސިޔާސީ

ކަރަންޓު ބިލުތަކާ ގުޅިގެން ސްޓެލްކޯއަށް ޝަކުވާ ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި

ކަރަންޓު ބިލުތަކާ ގުޅިގެން ސްޓެލްކޯގެ ކަސްޓަމަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވައިލައިފިއެވެ.

މެއި މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ވަނީ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެ މައްސަލައިގައި6 ވަރަކަށް މީހުން ވަނީ އެކުންފުނީގެ މައި އިމާރާތްދޮށަށް އެއްވެ ޝުއޫރުވެސް ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ، ކުންފުނީގެ ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމުގައެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ billing@stelcom.com.mv އަށް ވެސް ޝަކުވާ ހުށަހެޅޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެކަންވެސް ސްޓެލްކޯއިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button