ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއެކު މީހަކަށް ގެއްލުންވެދާނެ ގޮތަށް ގުދަނެއްގައި ޖަހާފައި ހުރި ޓިނުތަކެއް ނަގައިފި

މީހަކަށް ގެއްލުންވެދާނެ ގޮތަށް އދ. ފެންފުށީގައި ހުރި ގުދަނެއްގައި ޖަހާފައި ހުރި ޓިނުތަކެއް ނައްޓަން ސްޓެލްކޯގެ މުވައްޒަފުން އެހީތެރިވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ ފެންފުށީގައި ހުރި ގުދަނެއްގެ ފުރާޅާއި ބިއްގަނޑުގެ ގޮތުގައި ޖަހާފައި ހުރި ޓިނުތަކުގައި ދަބަރުޖަހައި ބައުވެފައިވާތީ، އެ ޓިނުތައް ނައްޓައި ރައްކާތެރިކަމާއިއެކު ބެހެއްޓުމުގައި އެކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވި ކަމުގައެވެ.

”މިއީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވާ ވަގުތުތަކުގައި އެތަނުން ބައެއް ޓިނުގަނޑުތައް ނެއްޓި، ވަޔާއި ވިއްސައިގެން ދިއުމާއި ގުޅިގެން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި ރަށު ކައުންސިލްގެ އެދުމުގެ މަތިން ސްޓެލްކޯގެ މުވައްޒަފުން ކޮށްދިން މަސައްކަތެއް.“ ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ރާއްޖެއަށް މީގެ ދުވަސްކޮޅެއް ކުރިން ކުރި ވިއްސާރާގައި ވަރަށް ގިނަ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button