ޚަބަރުސިޔާސީ

ނަފުރަތުގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ ނަފްރަތުގެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމަން ޖުޑިޝަރީ ކޮމެޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ނަފަރަތުގެ ބިލު މިހާރު އޮތްގޮތާއިމެދު އިދިކޮޅު އަދި އެމްޑީޕީގެ މެންބަރުންވެސް ހިމެނޭހެން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެހެންކަމުން އެ ބިލު އަލުން ދިރާސާކޮށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެވެ.

އާޒިމްގެ ހުށަހެއްޅުވުމަށް ފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.

ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button