ޚަބަރުސިޔާސީ

ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމުގެ އެއްބަސްވުމުގައި އެލައިޑާއެކު ސޮއިކޮށްފި

މޯލްޑިވް ގޭހުގެ މައި ޓާރމިނަލް ކަމުގައިވާ ތިލަފުށީގެ އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާއިއެކު އެކްސްޓަރނަލް ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު އެލައިޑް ހެޑް އޮފީހުގައެވެ. މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު އެވެ. އަދި އެލައިޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ލުވައިޒް އެވެ.

މި މަޝްރޫއު ނިމޭއިރު، މިހާރު ގޭހުގެ ސްޓޯރޭޖުގެ ގޮތުގައި 35 ދުވަހަށް ރައްކާކުރެވޭ މިންވަރު ގާތްގަނޑަކަށް 5 މަސްދުވަހަަށް އިތުރުވެގެންދާނެ އެވެ.

މޯލްޑިވް ގޭހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، 5 މަސް ދުވަހުގެ ގޭސް ރައްކާ ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏަކަށް އެކުންފުންނި ހައްދަވާނެ ކަމުގައި ގޭހުގެ އެމްޑީ އަބްދުﷲ ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

އަބްދުﷲ ވިދާޅުވީ ގޭހުގެ ސްޓޯރޭޖުގެ މައްސަލަ މިއަހަރުގެ ނިޔަލަށް ހައްލު ކުރެވިގެންދާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button