ޚަބަރުސިޔާސީ

ސަރުކާރުގެ ގަޓެއް ނެތް، ރައީސް ސޯލިހު އިސްތިއުފާ ދެއްވާ: ރަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

ރަޝީދު ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވާފައި މިވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ ނަފްރަތުގެ ބިލު ޖުޑީޝަރީ ކޮމެޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ބޮންޑެ ވިދާޅުވިގޮތުގައި މި ބިލުގެ މައްސަލައިގައި ފެންނަނީ މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ނުބައި އަމަލެއް ހިންގަމުންދާ މަންޒަރެވެ.

”އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން، އަޅުގަނޑު އެދެން ކެބިނެޓް އުވާލަން، އެހާ ގަޓެއް ނެތީމަ، މި ސަރުކާރުގެ ގަޓެއް ނެތޭ ތެދުވާން ޖެހޭ ކަންކަމުގައި ތެދުވާކަށް،“ ބޮންޑެ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހުރިހާ ކަމެއް ހިނގަމުން ގެންދަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button