ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންގެ ހިތްވަރާއެކު ގަދަ ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް ސަލާމަތްކޮށްފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އއ. ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް ސްޓެލްކޯގެ މުވައްޒަފުން ސަލާމަތްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ހިނގި މިހާދިސާގައި މޫދުގައި ތިބި ކުދިންތަކަކަށް އެއްގަމަށް ނާދެވިފައިތިއްބާ ހުރިހާ ކުދިންވެސް ސަލާމަތްކުރީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

”މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ. ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިހުލާސްތެރިކަމާއިއެކު ރައްޔިތުންގެ ހިދުމަތުގައި،“ އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ވިއްސާރައިގެ ސަބަބުން ތޮއްޑޫގެ ބައެއް ގެތަކުގެ ފުރާޅަށާއި، ގަސްގަހުގެ ބައިތައް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތްކުރުމަށް ވެސް އެ ކުންފުނީގެ މުވައްޒަފުން ވަނީ އެހީތެރިވެ ނަމޫނާ ދައްކާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button