ޚަބަރު

ރައީސް ޔާމީންގެ ތަސައްވުރު: މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އިފްތިތާހު ކޮށްދެއްވި، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސްޓެލްކޯގެ މި މަޝްރޫއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަކަތައިގެ އެންމެ ބޮޑު އެ މަޝްރޫއެވެ. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް ގުޅާލުމުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކަށް ކަރަންޓުގެ ދަތި ކަމެއް ކުރިމަތިވެއްޖެނަމަ އެ މައްސަލައެއް ހައްލު ކުރުން އަވަސްވެ، ހިދުމަތް ދިނުން ފަސޭހަ ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ

އޮންލައިން ނޫހެއްކަމުގައިވާ ”އަވަސް“ އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިނަމާލެ ބްރިޖު ހުރަސްކޮށް އެއް ވިއުގަ އަކުން، ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓް ދޭން ”ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ބޮޑު މަޝްރޫއު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

”މާދަމާ ދެން އޮންނާނީ ހަމައެކަނި މާލެ ހުޅުމާލެއާ ކަނެކްޓްވާ ލައިން ގުޅާލުން. އެހެންވެގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތް ކުރަން މާދަމާ ހެނދުނު ދެ ގަޑިއެއްހާއިރަށް މާލޭގެ އެކި ހިސާބުތަކުން ކަަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށް އަންގާފައި އެވަނީ ވެސް“ އެ އޮފިޝަލް ވިދާޅުވި އެވެ.

ގްރޭޓާ މާލޭ ސަރަހައްދަށް އެއް ވިއުގަ އަކުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މި މަޝްރޫއު އިފްތިތާހު ކުރީ ޖުލައި 23، 2016 ވަނަ އަހަރު އެވެ. ސްޓެލްކޯއިން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ 104 މިލިއަން ޑޮލަރު (މިހާރު އަގުން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button