އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި
އިންޑިއާގެ ނޭވީ ޝިޕް ”ޝަރްދާ“ ރާއްޖެއަށް އައިސްފިއެވެ.
ޝަރްދާ ރާއްޖެ އަށް އައީ ދިވެހި އަސްކަރިއްޔާ އާއި އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ”އެކްސް އެކަތަ 4“ ނިންމުމުގައި ބައިވެރިވާން ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) ބުނެއެވެ.
އެމްއެންޑީއެފް އިން ކުރި ޓްވީޓްގައި ވާ ގޮތުން ނޭވީ ޝިޕް ފުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
Dhivehi askariyyaa aai India askariyya gulhigen kuriah gendha “Ex-Ekatha 04” nimmumugai baiverivumah Indian Navy Ship “SHARDA” miadhu raajje athuvejje, mi ship furumah hamjehifai vanee July 12 vana dhuvahu. pic.twitter.com/uG0odDPhdX
— Maldives National Defence Force (@MNDF_Official) July 8, 2021
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަދި ރާއްޖޭގެ ބައެއް ސިފައިން އިންޑިއާގައި ތަމްރީނު ހާސިލު ކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.