ޚަބަރު

މަސްވެރިންގެ ހައްގުގައި އިދިކޮޅުން ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރަށް

މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު މަސް މާރުކޭޓު ސަރަހައްދުން ފެށި މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ކިރާ މަހަށް ހަމަ އަގު ނުލިބޭ މައްސަލާގައި އިދިކޮޅުން ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރު ކުރީ، މުޒާހަރާގެ ބައިވެރިން މަރުކަޒީ ބޭންކު ހުންނަ އިމާރާތް ކައިރިއަށް ގޮސް ޖުމްހޫރީ މައިދާނާ ދިމާލަށް ހިނގައިގަނެ، އެ ސަރަހައްދުގައި ފުލުހުން ޖަހާފައިވާ ބެރިކޭޑާ ހަމައަށް އައުމުގެ ސަބަބުންނެވެ. އެ ސަރަހައްދުން 2 މީހަކު ހައްޔަރު ކުރުމަށްފަހު އިތުރު މީހުން ހައްޔަރު ކުރީ އެސްއޯ ފުލުހުން ނިކުމެ އާންމުން ފަހަތަށް ޖައްސަމުން ގޮސް މަސް މާރުކޭޓާ ވީ ހިސާބުންނެވެ.

ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުއްދަތު މަޖިލީހުގެ އަޑުއެހުންތައް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް ހައްޔަރީންގެ ވަކީލުން ”ބޮންތި“ އަށް ވަނީ މިއަދު މައުލޫމާތު ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button