ޚަބަރުސިޔާސީ

ރައީސް ޔާމީން މިނިވަންކުރުމަށް ޑީލެއް ނުހަދާނަން: ޝިޔާމް

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ޖަލުން މިނިވަން ކުރުމަށް ސަރުކާރާއި އެކު ޑީލް ނަހަދައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ”ސަންގު ޓީވީ“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގަންނަމުންނެވެ. ޝިޔާމް ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރުމަށް ކުރާ މަޝްވަރާ ތަކުގައި އިދިކޮޅު ކޯލިޝަނުން ބައިވެރިވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނާއި އެކުގައި ނޫނީ އެ މަޝްވަރާތަކަށް ނުދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

”ސިޔާސީ މޭޒަކަށް ޕީޕީއެމްއިން މަޝްވަރާއަކަށް ދާނީ ރައީސް ޔާމީީނާއި އެކީގައި.“ ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކޮށްފިނަމަ، ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް ދާނެ ކަމަށް ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button