އިދިކޮޅުން އިސްކުރީ ގައުމީ މަސްލަހަތު: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން ހިންގި އިންކުއަރީގައި އިދިކޮޅުން ދައްކުވައިދިނީ ގައުމީ މަސްލަހަތު ކަަން ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
241 ކޮމެޓީއިން ހިންގި އިންކުއަރީ އަކީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިންހަމަލާއާއި ގުޅިގެން ހިންގި އިންކުއަރީ އެކެވެ. މި އިންކުއަރީގައި އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓަރީ ގުރޫޕުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އާދަމް ޝަރީފްގެ އިތުރުން ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.
RN ah dhin terrorist hamalaage enquiry gai PPMPNC in iskoffai vaanee qaumee visnumaai qaumee maslahath, insaafaai hamahamakan. Dhakkaafai vaanee zimmaadhaaru kamaai ikhlaastherikan. Hifahattaafai vaanee nazaahaiytheri kamaai thedhuverikan.We did it again.https://t.co/iEqXRWRk5C
— Adam Shareef Umar (@Adamshareefz) July 7, 2021
ޕީޕީއެމް އަދި ޕީއެންސީއިން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެ ހަމަލާދިން ފަރާތްތައް ހޯދުމަށް ގޮވާލާފައެވެ.