ޚަބަރުސިޔާސީ

ކޮލަމާފުށީގެ ބިންހިއްކުމުގެ މަޝްރޫޢު މި އަހަރު ފަށާނެ: ރައީސް

މި އަހަރު ތެރޭގައި ކޮލަމާފުށީގެ ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮލަމާފުށްޓަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮލަމާފުށީ ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ކޮލަމާފުއްޓަށް ކޮށްދޭނެކަމަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް  ކޮށްދެއްވާނެކަމަށެވެ.

ކޮލަމާފުށީގެ ބަނދަރުގެ މަސައްކަތާއި، ފަތުރުވެރިކަމާ ގުޅުންހުރި މަޝްރޫޢުތަކަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ފަޅުތެރޭގައި އިންޓޭގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫޢު ކުރިއަށް ގެންގޮސް ދެއްވާނެކަމަށާއި އެ މަޝްރޫޢުގައި ސިޓީ ހޮޓެލް އެޅުން ހިމެނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮލަމާފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮލަމާފުށީގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ކޮލަމާފުށީ ކައިރީގައި ތަރައްޤީކުރެވޭ ރިސޯޓްގެ މަސައްކަތް ހުއްޓިފައި އޮތުން އަދި ކޮލަމާފުށީގެ ރައްޔިތުން އެއާޕޯޓަކަށް އެދިއެދި ތިބިކަމަށް ކައުންސިލް ރައީސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button