ޚަބަރުސިޔާސީ

އިންޑިއަން ހައިކޮމިޝަނުގެ އަމަލުތަކަށް، ޖާނަލިސްޓް އެސޯސިއޭޝަންގެ ކަންބޮޑުވުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަންޖެހޭ މައްސަލައެއްގައި، އިންޑިއަން ހައިކޮމިޝަނުގެ ޑިޕްލޮމެޓުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޝަކުވާ ހުށަހެޅުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޑިޕްލޮމެޓިކް އުސޫލުތަކާއި ހިލާފަށް، ފޮރިން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުއްވުމުގެ ބަދަލުގައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރަކަށް ގުޅުއްވާ، ޑެޕިއުޓީ ހައިކޮމިޝަނަރގެ ޝަކުވާ ހުށަހެޅުއްވީމައެވެ. އޭނާ ގުޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމަށެވެ. ރޮޒެއިނާ އަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.

އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަކީ އެމްއެމްސީ ޖަވާބުދާރީ ކުރަންޖެހޭ ތަނަކަށްވެ ހުރެ، އެކޮމިޓީއިން މިފަދަ ޝަކުވާއެއް ހުށަހެޅީތީ އެކަމާ ކަންބޮަޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އެމްއެމްސީގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށްވެސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީޑިޔާ ރެގިއުލޭޓް ކުރާ އިދާރާތައް ނުފޫޒުން އެއްފަރާތް ކުރުމަށާއި، މިނިވަންކަމާއި އެކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އެމްޖޭއޭއިން ކަމާބެހޭ އިދާރާތަކަށްވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ‏މީޑިއާތަކުން ވެސް ކޮންޓެންޓް ޝާއިއުކުރުމުގައި ޒިންމާދާރުވެ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށްވެސް ނޫސްވެރިންނަށް އެޖަމިއްޔާއިންވަނީ އިލްތިމާސް ކޮށްފައެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button