ޚަބަރު

ވެކްސިން ދެ ޑޯޒް ޖެހި މީހުން ދެން ކަރަންޓީނު ވާކަށް ނުޖެހޭނެ

ކޮވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމަކާއި ނުލައި ދަތުރުފަތުރު ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ވެކްސިން ގެ ދެ ޑޯޒް ޖަހައި 14 ދުވަސް ހަމަ ކޮށްފައިވާ މީހެއް ކަމުގައި ވާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ކަރަންޓީނު ވުމަކާއި ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް މޮނިޓަރިންގައި އޮތް ރަށްރަށަށް ކަރަންޓީނު ވުމަކާއި ނުލައި ދަތުރު ނުކުރެވޭނެ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މާލޭގައި ކޯވިޑަށް ޕޮސިޓިވްވާ ރޭޓު 5 ޕަސެންޓްއަށް ވުރެން ދަށްނަމަ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ކޮއްފައިވާ ފަރާތްތަކަށް ކަރަންޓީނު ވުމެއްނެތި ދަތުރު ކުރެވޭނެ ކަމުގައެވެ. އަދީ 5 ޕަސެންޓާ 10 ޕަސެންޓާއި ދެމެދުގައި ޕޮސިޓިވިޓީ ރޭޓު ހުރިނަމަ ދަތުރުކުރާ ފަރާތްތަކުން 7 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ. މަލޭގައި ޕޮސިޓިވްވާ އަދަދު 10 ޕަސެންޓަށްވުރެ މަތިނަމަ ކުރިއެކޭވެސް އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް 19ގެ ހާލަތު ރަނގަޅުވަމުން ދާތީ ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button