ޚަބަރުސިޔާސީ

މުޑުދާރު ނަޖިސް ވެރިކަމެއް ދިފާޢު ކުރަން ނުތިބެ ވަގުތުން އިސްތިއުފާދީ: އިބްރާހިމް

މުޑުދާރު ނަޖިސް ވެރިކަމެއް ދިފާޢު ކުރަން ނުތިބެ ހަމަ މިސަރުކާރުގެ ވެރިން ވަގުތުން އިސްތިއުފާދިނުމަށް ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެކި ފަންތީގެ ފަރާތްތަކުގެ ފާހިޝް ޢަމަލު ތަކުގެ ވާހަކަތަައް ދައުރުވަމުން ދިއުމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދި ފެންނަން ހުރިކަންކަން އަންދާޒާ ކުރަންވެސް ނޭނގޭ ކަމަށާއި މިތިބެނީ އަޑިނޭނގޭ ކަނޑެއްގެ ތެރެއަށް ވަދެވިފައި ކަމަށެވެ.

މިއާއި އެކު އިބްރާހިމް ވަނީ މިއީ އޭނާ އަކީ 19 ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރެއްވި މީހެއްގެ  ހައިސިއްޔަތުން ބުނާ ވާހަކައެއް ކަމަށާއި، އޭނާ އަށްވެސް އެނގޭނެއެއްޗެއް އަދި ފެންނަ ތަނެއް އޮވެދާނެ ކަމަށް ވިދާޅުވެފައެވެ.

މިދުވަސްވަރު ފެންމަތިވަމުންދާ ސިޔާސީ އެކި ފަރާތްތަކުގެ ފާހިޝް ޢަމަލުތަކާއިކ އަދި މިސަރުކާރުގެ އެކި ވެރިންނާއި މެދު ކުރެވޭ މުޑުދާރު ތުހުމަތުތަކާއި ގުޅިގެން އެތައް ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ މިސަރުކާރަށް އަމާޒުވެފައެވެ.

އެހެން ނަމަވެސް ފުލުހުންވެސް ސަރުކާރުންވެސް އަދި މިކަމާއި ގުޅިގެން ރަސްމީ ބަހެއް ވިދާޅެއްނުވެއެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button