ޚަބަރު

ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރާ ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެން ދެވޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ގެ ދެ ޑޯޒް ހަމަކުރާތާ 14 ދުވަސް ވުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މުވައްޒަފުންނަށް މޮނިޓަރިންގައި އޮތް ރަށްތަށް ނޫން ހުރިހާ ރަށަކަށް ކަރަންޓީނު ވުމަކާއި ނުލައި ދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ރަށަށް ދެވޭނީ ޕީސީއާރު ނެގަޓިވް ނަތީޖާ އަކާއި އެކުގައި ކަން މައުސޫމް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިފަދަ ނިންންމެވުމެއް ނިންމެވީތީ އެކަމާއި އުފާ ކުރައްވާ ކަމުގައި މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ މިކަމާއި ގުޅޭ އިތުރު ތަފްސީލު ހެލްތް ޕްރްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭނެ ކަމުގައެވެ.

ރިސޯޓް މުވައްޒަފުންނަށް އެމީހުންގެ އާއިލާ އާއި ބައްދަލު ނުކުރެވޭތީ އެކަމުގެ ޝަކުވާ ކުރަމުން އަންނަތާ އެތަކެއް ދުވަހެއް މިވަނީ ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button