ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރަން ދައުރުން ބޭރުން މާދަމާ މަޖިލީހުގެ ޖަލްސާއެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުރިހާ މެމްބަރުން ވަކިކުރަން ދައުރުން ބޭރުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ އޮންނަނީ މާދަމާ ހެނދުނު 10:00 ގައި އެވެ.

ޖަލްސާގެ އެޖެންޑާގައި ބުނެފައިވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން ކޮމިޓީއަށް ރިޔާސަތުން ފޮނުވާނެ ކަމުގައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމަށް ފޮނުވަން ޖެހޭނީ މަޖިލީހުގެ ރިޔާސަތަށެވެ. އަދި  މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރުމުން އެ މަސައްކަތް ފެށޭނެއެވެ. އެއަށްފަހު މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ޖެހެއެވެ. އަދި މެންބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ފަހު، ކޮމެޓީއިން ނިންމި ގޮތް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމަށް މާދަމާ ޖަލްސާއެއް ބާއްވަން މަޖިލީހުން ނިންމާފައިވާއިރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ޝަކީލް ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button