ޚަބަރު

ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

ކ.ތިލަފުށީ ހާބަރު ރިހެބިލިޓޭޓްކުރުުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީއިން ބުނިގޮތުގައި ތިލަފުށީ ބަނދަރު ރިހެބިލިޓޭޓްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 ޕަސެންޓް ވަނީ ނިމިފައެވެ. އަދި ވަރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހެވީ ވެހިކަލް ޕާރކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުން ހިމެނެއެވެ. އަދި ވެހިކަލް ޕާރކް ކުރާ ތަނެއް ގާއިމުކުރުމާއި، ވަރކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.

މި މަޝްރޫޢަކީ 135.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button