އިސްލާމީ ކަންކަން ހިންގުމަށް ކައުންސިލްތަކަށް ބާރުވެރިކަން ދޭން ޖެހޭ: ޑރ.ޝަހީމް
ރާއްޖޭގައި އިސްލާމީ ކަންކަން ހިންގުމުގެ ހުރިހާ ކަމެއް މިނިވަން މުއައްސަސާއެއްގެ ދަށުން ހިންގުމަކީ މުހިންމު ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ކަންކަން ހިންގުމުގެ ހުރިހާ އިދާރީ ކަމެއް އެ ކައުންސިލެއްގެ އިހްތިސާސްގައި ހިމަނައި، ގާނޫނެއްގެ ދަށުން އެބާރު ކައުންސިލްތަކަށް މުހިއްމު ކަމަށެވެ.
”ވުޒާރާއެއްގެ ބަދަލުގަައި މިގޮތައް ކައުންސިލެއް ގާއިމުކުރެވިއްޖެނަމަ، ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަސްލަހަތު ދެމެހެއްޓި، މަސްރަހަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ، ގައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުކުރެވޭނެ.“ ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހާ ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން،" އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކެން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 7, 2021
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ލާދީނީ އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ނިޒާމު ބައްޓަން ކުރަމުން އަންނަ ކަމަށާއި، އެކަންތައްތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުރާކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.