ޚަބަރުސިޔާސީ

ކެންޑިޑޭޓުންގެ ހައްގަށް އުނިކަމެއް އަންނަ ފަދަ އަމަލެއް ނުކުރުމަށް އެދިއްޖެ

ޖަނަވަރީ މަހުގެ 13ވަނަ ދުވަހު ބާއްވާ މާލެ ސިޓީގެ ބައި-އިލެކްޝަންގެ ކެންޕޭނުތަކުގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓެއްގެ ހައްގަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ މޭޔަރުގު މަގާމައި، ތިން ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނުކޮށް ކެންޑިޑޭޓު ނަންބަރު ވަނީ  ތަރުތީބުކޮށްފައެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕޭނުތަކުގައި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއިދުކުރާ ފަރާތްތަކުން އަނެއް ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް ކުރަމުންދާ މަންޒަރު އިންތިހާބުތަކުގައި ފެނިފައިވާ ކަމަށެވެ.

މާލެ ސިޓީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ޒިންމާދާރު މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންކަމުން އެ ޒިންމާތަކާއެކު ކުރެއްވި މަސައްކަތްތަކާ އެއްގޮތައް އިންތިހާބުގައި ވާދަކުރައްވާ ޒުވާން ކެންޑިޑޭޓުންނަށް ނަމޫނާ ދެއްކުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

“އެހެންވީމާ ކޮންމެ ކެނޑިޑޭޓަކުވެސް އަނެކެއްގެ ޙައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ، އަދި މިނޫނަސް އިންތިހާބެއްގެ ކެމްޕެއިންތެރޭގައި ހަމަޔާ އުސޫލުގެ ތެރެއިން ކަންކަން ރާވާ ހިންގުމަކީވެސް މުހިންމުކަމެއް“ ހަބީބް ވިދާޅުވިއެވެ.

އެންމެ ވާދަވެރިކަވާނެ ކަމަށް ބެލެވޭ މޭޔަރުގެ މަގާމަށް ފަސް ކެންޑިޑޭޓުން ވާދަކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button