ޚަބަރު

ބީއެމްއެލްގެ ސަމާލުވޭ ޗެލެންޖަށް ޓިކްޓޮކް ތަރިންގެ ފާޑުކިއުން!

ބޭންކް އޮފް މޯލްޑިވްސް އިން ޓިކްޓޮކުގައި ކުރިއަށް ގެންދާ ސަމާލުވޭ ޗެލެންޖަށް ޓިކްޓޮކް ތަރިން ފާޑު ކިޔައިފިއެވެ.

ޓިކްޓޮކް ތަރި ފާތިމަތު އަޒްލިފާ މިއަދު އާންމުކުރި ވީޑިއޯއެއްގައި  ބުނީ،  ބީއެމްއެލް އިން ”މޮސްޓް ވިިއުސް“ ކެޓަގަރީން އެއްވަނަ ހޮވާ ގޮތް ކަމުނުދާ ކަމުގައެވެ.

”ޓިކްޓޮކްގަ މޮސްޓް ވިއުސް މި އަންނަނީ އެ ބަލާ މީހުންގެ އަދަދަށް  ބަލާފައެއް ނޫން. މިސާލަކަށް އަޅުގަނޑު އެއް ވީޑިއޯ އެއް 5 ފަހަރު ބަލާ ފިއްޔާ އިންނާނެ 5 ވިއުސް. އެހެން ވީމަ އެންމެ ގިނަ ވިއުސް ލިބިދާނެ ކިތަންމެ މަދު ބަޔަކު ބެލިޔަސް. މި ގޮތަށް އަމިއްލަ ސާކަލް ތެރޭގަ ވިއުސް ގިނަ ކުރާ މީހުން އެބަ އުޅޭ.  ބީއެމްއެލް ސަމާލުވޭގެ  ބޭނުމަކީ ގިނަ މީހުން ހޭލުން ތެރި ކުރުވުން އެކަމަކު އެހެންނެއް ނޫން މި ވަނީކީ.“ އަޒްލިފާ އާންމުކުރި ޓިކްޓޮކްގައި ބުނެފައި ވެއެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ބީއެމްގެ ނަމުގައި އެކިއެކި ބޭނުމުގައި މީސްމީހުން ގުލަމުންދާތީވެ އެކަމަށް މީހުން ހޭލުންތެރި ކުރުމެވެ. އެހެން ނަމަވެސް އެ ހަރަކާތަށް ލިބުނު ތަރުހީބާ އެއްވަރަކަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button