ޚަބަރު

މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭނަން: މިނިސްޓަރ ޝިޔާމް

މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންނަށް  ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ކ. މަނިޔަފުށީގައި ހުންނަ މެރިން ރިސާޗް ފެސިލިޓީގައި، ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ”އޯޝަން އެކްސްޕްލޯރަސް“ ހަރަކާތުގައި ދެއްކި ވާހަކަފުޅުގައި ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުން މަދުކަމަށާއި ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމަށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންގެ އަދަދު އިތުރުކުރަންޖެހޭ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި މަސްވެރިކަމުގެ ސިނާޢަތަށް ދިވެހި ޒުވާނުން އިސްނަންގަވައި، ތަމްރީންވެ އެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ގެންގުޅުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button