ޚަބަރު

އަލީ ރަމީޒްގެ ރައްދެއް ނަޝީދު އާއި މައުމޫނަށް!

ޔޯގާ އަކީ ޝިރުކެއް ކަމުގައި މުޅި އުންމަތް އިއްތިފާގު ވެފައިވާ އިރުވެސް ވަކި ދެމީހަކު އެއީ ހުއްދަކަމެއް ކަމަށް ބުނުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫންކަމަށް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒް ބުނެފިއެވެ.

އަލީ ރަމީޒް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުސްލިމް އަންހެނާގެ އައުރަ ނިވާކުރުން އެއީ ލާޒިމް ކަމެއް ނޫންކަމަށް ބުނި މީހަކު ޔޯގާ ހުއްދަކުރުމަކީ ހައިރާން ވާންޖެހޭ ކަމައް ނޫން ކަމަށެވެ. އަދި މިގޮތުން މީހަކު ނިކުމެ ޔޯގާ އަކީ ކަސްރަތު ކޮށްލުމޭ ބުނުމަކީ ވެސް ހައިރާން ވާންޖެހޭ ކަމެއް ނޫންކަމަށް ދޭހަވާ އިބާރާތަކުން އަލީ ރަމީޒް ވަނީ ސިފަކޮށްފިއެވެ. އޭނާގެ ރައްދު އަމާޒު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.

ޔޯގާ އަކީ ޝިރުކެއް ކަމުގައި އިލްމުވެރިން ވިދާޅުވަމުން ވެސް ދާދި ފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ޔޯގާ އަކީ ކަސްރަތެއް ކަމަށާއި ދީނީ އިލްމުވެރިން ނުކުމެ ޔޯގާ އަކީ ހަރާމް ކަމެއް ކަމުގައި ފަތުވާ ނެރުނަސް ބަލައިގަންނަން ވަރަށް ދަތިކަމަށް ވިދާޅުވެފައެވެ.

ޔޯގާގެ މައްސަލަ އިގައި 104 ދީނީ އިލްމުވެރިން އެއީ ހަރާން ކަމެއްކަމަށާއި، ޔޯގާ އަކީ ބުދުދީނުގެ މީހުންގެ އަޅުކަމެއް ކަމުގައި ބުނެފައިވަނިކޮށް، އިލްމުވެރިންނަށް ގޮންޖެހުމަށް ފަހު ރައީސް މައުމޫން ވެސް ވަނީ ޔޯގާ އަކީ ހުއްދަކަމެއް ކަމަށް ވިދާޅުވެ އިލްމުވެރިންނަށް މަލާމާތް ކުރައްވާފައެވެ.

ޔޯގާގެ މައްސަލަ މިވަރަށް ހޫނުވެ ފައިވާ މިދަޑިވަޅުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އޮތީ ނިދާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button