ޚަބަރުސިޔާސީ

މާލޭ ރައްޔިތުންގެ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް މޭޔަރު ގޮވާލައްވައިފި

ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ އަތްމަތި ދަތިވެފައިވާ މި ދުވަސްވަރު، ގެދޮރު އިމާރާތް ކުރުމަށް މާލޭ ރައްޔިތުން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާރު ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފި އެވެ.

މުއިއްޒު މިފަދައިން ގޮވާލެއްވީ ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުންނެވެ. މާލޭގެ ގިނަ ރައްޔިތުން ގެދޮރު އިމާރާތް ކޮށްފައިވަނީ ބޭންކުން ލޯނު ނަގައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ލޯނުތައް ފަސްކޮށްދިނުމަކީ މާލޭ ރައްޔިތުންނަށްޓަކައި ސަރުކާރުން ކޮށްދެވެން އޮތް އަދި ކޮށްދޭން ވާނެ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިއަހަރުގެ ނިޔަލަށް އެންމެ ކުޑަވެގެން ހައެއްކަ މަސް އެ ލޯނުތައް އެކްސްޓެންޑް ކޮށްދިނުމަކީ ސިޓީ ކައުންސިލްގެ ފަރާތުން މާލޭ ރައްޔިތުންގެ ހައްގުގައި ރައީސްއަށާއި އެމްއެމްއޭގެ ގަވަރުނަރަށް ގޮވާލާ ކަމެއް. އެކަން މާލޭ ރައްޔިތުންނަށްޓަކައި ކޮށްދެއްވާށޭ،“ މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ބޭންކުތަކުން ވަނީ އެ ކުންފުނިތަކުގެ ކަސްޓަމަރުން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ގިނަ ލުއި ތަކެއް ތައާރަފް ކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button