
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަށް ޚަރަދުކުރީ ވަކި ބައެއް ކަމަށް ކަނޑައަޅުއްވާނީ ޝަރީއަތުން އެކަމާއި ގުޅޭ މަޢުލޫމާތު ސާފުވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރޭގައި ކުރިޔަށް ދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގެ ތެރެއިންނެވެ.
ހަމަލާާއާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި މެދު ވަކި ގޮތަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނިމިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު ވާހަކަތަށް ދެކެވެމުންނެވެ.