
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެއްވެން ވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަަދައިން ވިދާޅުވެފައިވަނީ މިރޭ ކުރިޔަށްދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު، ރައީސް ޔާމީން މިވަގުތު ހުންނެވީ 5 އަހަރުގެ ޖަލު ބަންދެއްގައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވެސް ވަނީ އެ ހުކުމްދަމަހަށްޓާފައެވެ. މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކޮށްފައެވެ.
2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެއްވި ނަމަވެސް އިންތިޚާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީ، އެއިރު އެމަނިކުފާނުވެސް ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވުމުގެ ސަބަބުންނެވެ.