ޚަބަރު

ނިހާދުއާއި މަހުލޫފުގެ ސިއްރު ބައްދަލުވުމެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ސިއްރު ބައްދަލުވުމެއް ކުރިއަށް ދާކަމަށް އިތުބާރު ހުރި ފަރާތަކުން ”ބޮންތި“ އަށް ކަށަވަރު ކޮށްދީފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް މަހުލޫފުގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ. ނިހާދު އާއި މަހުލޫފުގެ ސިއްރު ބައްދަލުވުން ކުރިޔަށް ދަނީ މަހުލޫފު ދިރިއުޅުއްވާ ގޭގައެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާގޮތުގައި ނިހާދު މަހުލޫފު އާއި ބައްދަލު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރި ކޮށެވެ.

ރޭ ކްލަބް ހައުސްގައި ކުރިޔަށްދިޔަ ޕްރޮގްރާމެއްގައި މަހުލޫފު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނިހާދު މަހުލޫފު އާއި ބައްދަލު ކުރެއްވީ ބެލެވޭގޮތުގައި އެ މައްސަލަ ފިނި ކުރުމަށެވެ.

ރައީސް ސޯލިގެ ކެބިނެޓުގައި ހިމެނޭ ބޭފުޅެއްކަމުގައިވާ މަހްލޫފު ވަނީ މި ސަރުކާރަށް ހަމަ އެކަނި ކުރެވުނު ކަމަކީ ރައީސް ޔާމީނުގެ ޝަރީއަތް ކުރުމާއި އޭނާ ( މަހްލޫފް ) ގެ ފަހަތުން ދުވުން ކަމުގައި ވިދާޅުވެފައެވެ. މިފަދައިން މަހްލޫފް ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ގެ ގިނަ އަދަދެއްގެ ސަޕޯޓަރުނެއް އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ރައީސް ޔާމީން ގެ ސަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ވެސް އެމީހުން ތުހުމަތު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button