ޚަބަރު

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް 19،500 ޓެސްޓު ކިޓު ހަދިޔާ ކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗައޯ) އިން ރާއްޖެއަށް ބައެއް ތަކެތި މިއަދު ރަސްމީކޮށް ހަވާލްކޮށްފިއެވެ.

މި ތަކެތި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.ނާޒްނީން އަންވަރެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލެވެ. މިތަކެތީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ބައެއް ބޭސްތަށް ވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މިތަކެތީގެ އިތުރަށް ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ވެސް ވަނީ މިއަދު ހަވާލު ކޮށްފައެވެ.

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button