ޚަބަރު

ކުޑަކުއްޖަކު ލައްވައި ހަށި ވިއްކުވި މައްސަލައިގައި ލަންކާއިން ދިވެއްސަކު ހައްޔަރު ކޮށްފި

ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ލަންކާއިން ހައްޔަރުކޮށްފައިވަނީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއެވެ.

ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކު ހިމެނެ އެވެ. އޮންލައިން ނޫހެއްކަމުގައިވާ ”މިހާރު“ އިން ބުނެފައިވާގޮތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ އެވެ.

އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި އެ ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވިކަމުގެ ތުުހުމަތު ހިމެނެއެވެ.

އޭނާގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ލަންކާގެ ފުލުހުން ބެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button