ޚަބަރު

ޖޫރިމަނާ ކޮށްގެން ރައްޔިތުންގެ އަތުން 180.7 މިލިއަން ރުފިޔާ، އިތުރަށް ހޯދައިފި

މި މަހު 15 އާ ހަމައަށް ސަރުކާރުން ޖޫރިމަނާ ކޮށްގެން ހޯދާނެކަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރަށް 180.7 މިލިއަން ރުފިޔާ ހޯދައިފައުވާކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހިސާބަށް ޖޫރިމަނާއިން ސަރުކާރަށް ވަނީ ޖުމްލަ 243.1 މިލިއަން ރުފިޔާ ހޯދާފައެވެ.

މިއީ 2021 ވަނަ އަހަރަށް ބަލާއިރު 125.9 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. 2021 ވަނަ އަހަރު ޖޫރިމަނާ ފައިސާގެ ގޮތުގައި ހޯދާފައިވަނީ 396 މިލިއަން ރުފިޔާއެވެ. ރައީސް ސާލިހްވަނީ 2018 ވަނަ އަހަރު، ރައްޔިތުން ޖޫރިމަނާކޮށްގެން އާމްދަނީ ހޯދުން ހުއްޓާލާނެކަމަށް ވައުދުވެފައެވެ. އެ ވައުދާއި އެމަނިކުފާނު ހިލާފުވާއިރު، ރިސޯޓުތަކުގެ ވެރިން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގިނަ އަދަދުތަކެއް ސަރުކާރުން ހޯދަން މަސައްކަތެއް ނުކުރެއެވެ. އަދި ބޮޑެތި ވިޔަފާރިވެރިން ދައްކަންޖެހޭ ގިނަ އަދަދެއްގެ ޖޫރިމަނާގެ ފައިސާވެސް މި ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button