ޚަބަރުސިޔާސީ

ހައިޑްރޮގްރަފީ އެއްބަސްވުން: އުވާލިޔަސް ނުހުއްޓުވޭނެ!

ހައިޑްރޮގްރަފީ އެއްބަސްވުން އުވާލިޔަސް، އެ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ނުހުއްޓުވޭނެކަން ހާމަވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ވެވުނު ހައިޑްރޮގްރަފީ އެބަސްވުން މިއަދު ވަނީ ލީކު ކޮށްލާފައެވެ. މި އެއްބަސްވުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ އިން އިން ހޯދުމަށް އެދުމުން ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމުގައި ބުނެ ސަރުކާރުން ހާމަކުރަން ދެކޮޅު ހެދި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ސޮއި ކުރާ ތާރީހުން ފެށިގެން އެއްބަސްވުމަށް އަމަލު ކުރަން ފަށާނެއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 5 އަހަރު ކަމުގައި ކަނޑައަޅައިފައިވެއެވެ.

މި 5 އަހަރު ނިމުމުން އިތުރު 5 އަހަރަށް އެއްބަސްވުމުގެ މުއްދަތު ސޮއި ކުރުމަކާއި ނުލާ އިތުރު ވެގެންދާނެއެވެ. މި އެއްބަސްވުން އުވާލަން ބޭނުންކަމުގައިވާނަމަ، ދެ ފަރާތަކުން ކުރެ ފަރާތަކުން އެއްބަސް ވުމުގެ މުއްދަތު ހަމަ ވުމުގެ 6 މަސްދުވަސް ކުރިން ލިޔުމުން އެކަން އަންގަން ޖެހޭނެކަމަށް ވެސް ވެއެވެ.

މި އެއްބަސްވުން އުވާލިކަމުގައި ވީނަމަވެސް މި އެއްބަސް ވުމުގެ ދަށުން ކުރަން ކަނޑައަޅާފައިވާ މަސައްކަތްތައް އެއްވެސް ހުރަހަކާއިނުލައި ބާރަށް ކުރިއަށް ގެންދެވޭނެއެވެ.

މި އެއްބަސްވުން ލީކު ކޮށްލުމާގުޅިގެން ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފުން މިހާތަނަށް އެއްޗެކޭ ނުބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button