ޚަބަރު
އަނެއްކާވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލަން ޖެހުނީ ޖޫން 2، 2021 ގައި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތި ނުލުމުގެ ސަބަބުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާށް މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އާ ހަމައަށް ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން އޮތީ ހުޅުވާލާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައިކަން ފާހަގަ ކޮށްލެވެއެވެ.