ވިޔަފާރި

އުރީދޫ އާޗާ ޕޯސްޓްޕެއިޑް ވަރަށް ތަފާތު

އުރީދޫގެ ޕޯސްޕެއިޑް ކަސްޓަމަރުންނަށް ”އާޗާ“ ”ވަރަށް ތަފާތު“ އަދި ”އެކު ތަފާތު“ ގެ ނަމުގައި ވަރަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފު ކޮށްފިއެވެ.

އާޗާ ޕޯސްޓް ޕެއިޑްގެ ދަށުން 200، 600 އަދި 1،000 ރުފިޔާ ގެ ޕެކޭޖްތައް ލިބެން ހުންނާނެއެވެ. މި ޕެކޭޖްތަކުގެ ދަށުން މޯބައިލް ޑޭޓާ ލިބޭނެއެވެ. އުރީީދޫގެ ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ. އަދި ލޯކަލް ނަންބަރު ތަކަށްވެސް 1000 މިނެޓާއި ހަމައަށް ހިލޭ ގުޅޭނެއެވެ.

”ވަރަށް ތަފާތު“ ޕޯސްޓްޕެއިޑް ގެ ދަށުން 200 ރުފިޔާއިން ފެށިގެން 1،999 ރުފިޔާއާއި ހަމައަށް ޕެކޭޖްތައް ލިބެން ހުންނާނެއެވެ. މި ޕެކޭޖްގެ ދަށުން 60 ޖީބީ އާއި ހަމައަށް ޑޭޓާ ލިބޭނެއެވެ. އަދި ރާއްޖޭގެ ހުރިހާ ނަންބަރުތަކަށް ހިލޭ ގުޅާލެވޭނެއެވެ. މި ޕެކޭޖްގެ ދަށުން 4 ގައުމުގެ ނަންބަރުތަކަށް ގުޅާލުމަށް ޑިސްކައުންޓް ވެސް ލިބިގެން ދާނެއެވެ. މީގެ އިތުރުން ލޯކަލް ނަންބަރުތަކަށް ހިލޭ އެސްއެމްއެސް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

”އެކު ޕޯސްޓް ޕެއިޑް“ ދަށުން އާޗާ ޕޯސްޓްޕެއިޑް ގައި ލިބޭ ހުރިހާ އޮފަރ ތަކެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން ލޯކަލް ނަންބަރުތަކަށް ހިލޭ ގުޅުމާއި އެހެން ގައުމުތަުގެ ނަންބަރުތަކަށް ގުޅުމަށް ޑިސްކައުންޓްވެސް ލިބޭނެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button