ޚަބަރު

ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓުމެންޓް ހައްދައިގެން

ކޮވިޝީލްޑް ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް މިއަދު އަލުން ވެކްސިންދޭން ފަށަން ނިންމާފަައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ޖަހަން މާދަމާ ފަށައިގެން ކުރިއަށް ދާނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
• ވެކްސިން ކާރޑް
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން (ކޮންމެހެން ބޭނުންވާ މީހުންނާއެކުގައި އިތުރު ފަރާތަކަށް ދެވޭނެ )

ކޮވިޝީލްޑު ވެކްސިން ހުސްވުމުގެ ސަބަބުން ފުރަތަމަ ޑޯޒު ޖެހި އެތައް ހާސްބަޔަކަށް ވަނީ ވެކްސިން ނުޖެހި އެތައް ދުވަހެއް ވަންދެން މަޑު ކުރަން ޖެހިފައެވެ.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button