ކަނޑު ވިއްކުމާ ދެކޮޅަށް މިރޭ ބާއްވާ އެއްވުމާއި ގުޅިގެން ސިފައިންނާ ފުލުހުން އެލާޓަށް!

ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް މޮރީޝަސްއަށް ވިއްކާލި މައްސަލާގައި މިރޭ ބާއްވާ ބޮޑު އެއްވުމާއި ގުޅިގެން ޤައުމީ ދިފާއި ބާރު އަދި ދިވެހި ފުލުހުން އެލާޓަށް ގެނެސްފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ސިފައިން އެލާޓަށް ގެނެސް ސިފައިންގެ މަރުކަޒުގައި ތިބި ސިފައިން ބޭރަށް ނުދިއުމަށް ވަނީ އަންގާފައެވެ. އަދި ފުލުހުން އެލާޓަށް ގެނެސްފައިވާއިރު، އެކި ޓްރެއިނިންގް ތަކަށް ދާން ނިންމާފައިތިބި ފުލުހުންނާ ސިފައިންވެސް ފުރުން މަޑުޖައްސާލާ، އަތޮޅު ތެރޭގައި ތިބި ގިނަ ފުލުހުންވެސް ވަނީ މާލެ ގެނެސްފައެވެ.
މިރޭގެ އެއްވުމަކީ ބަޣާވާތަކުން ރައީސް އިބްރާހިމްގެ ސަރުކާރު ވައްޓާލަން ބާއްވާ އެއްވުމެއް ކަމަށް ސަރުކާރުން ބުނަމުން އައިނަމަވެސް މި އެއްވުމަކީ ސުލްހަވެރި އެއްވުމެއްކަމަށް ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި ކަނޑުވިއްކާލުމާ ދެކޮޅު އިއްތިހާދުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ޕެޓިޝަނުގައި 60،000 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލުވާލާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓިއަކުންނެވެ.
މީގެ ކުރިންވެސް ޗާގޯސް ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ނަމަވެސް ރާއްޖޭގެ ސްޓޭންޑް މިކަމުގައި ކުއްލިއަކަށް ބަދަލުވެފައިވާއިރު ރައީސް ޞޯލިހު ފޮނުއްވި ސިއްރު ސިޓީ ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް މި ސަރުކާރުންދަނީ އެކަމަށް އިންކާރުކުރަމުން ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ސިއްރު ކުރަމުންނެވެ.
ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ރާއްޖެއާއި ދެކޮޅަށް ނިމުނީ މި މައްސަލައިގައި ސަރުކާރުން ދިވެހި ޤައުމާ އެއްކޮޅަށް ވަކާލާތުނުކުރީމަ ކަމަށް ކުރީގެ ބަންޑާރަ ނައިބުންނާއި ޤާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.
ތިޔައީ ނަތީޖާއެއް ނެން އެއްވުމެއް. ނުބައިކޮށް ރޮގު ދަމައިގެން ރަށްތައް ނުހޯދި ރައީސް ޔާމީނު ކީއްކުރާ މީހެއް މި ގައުމު ދަވާލި ޔާމީނު