ޚަބަރު

އިންޑިއާގައި ތިބި ދިވެހިންނަށް އެގައުމުން ދަތިކޮށްފާނެ: ރީކޯ މޫސަ

އިންޑިއާއަށް ބަސް ރައްދު ކުރަން ފަށައިފިނަމަ، އޭގެ ސަބަބުން އެގައުމގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ދަތިތައް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ) ވިދަޅުވެއްޖެއެވެ.

ރީކޯ ވިދާޅުވީ ސަރުކާރު ވައްޓާލަން ބޭނުންވާނަމަ، ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް އަސަރު ނުކުރާނެފަދަ ވާހަތައް ދައްކަންވީ ކަމަށެވެ.

”ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގަ ދިރިއުޅޭއިރު މިތަނުގެ ބަޔަކު ކުރާކަމަކުން މިގައުމުގެ ބަޔަކަށް އިންޑިއާގަ ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެމީހުންނަށް ލިބޭ ހައްގަށް އަރައިގަތުން.“ ރީކޯ ވިދާޅުވިއެވެ.

ރީކޯ މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސަފީރު ސަންޖޭ ސުދީރު އާއި އޭނާގެ ނައިބު ރޯހިތު ރާތިޝްއަށް ފާޑުކިޔައި ބައެއް ނޫސްތަކުގައި ލިޔުން ޝާއިއު ކުރަމުންދާތީ އެކަން ހުއްޓުވައިދޭން އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރުގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button