ޚަބަރު

ސިޓީ ކައުންސިލުން ކްލަބް ހައުސް މެދުވެރިކޮށް މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަނީ

ކްލަބް ހައުސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލުން، މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރަން ނިންމައިފިއެވެ.

މި ބައްދަލުވުން އޮންނާނޯ 5 ޖުލައި ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:00 ގަ އެވެ. މާދަމާގެ ބައްދަލުވުން ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް، ފަހި މާލެ ސިޓީގެ ނަމުގައެވެ.

މިއީ މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިގޮތަށް ބާއްވާ ދެވަނަ ބައްދަލުވުމެވެ. މާލޭ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދް ނަރީޝް ”ބޮންތި“ އަށް މައުލޫމާތު ދެއްވި ގޮތުގައި މިފަދަ ބައްދަލުވުން ތަކަކީ މާލޭ ސިޓީގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރާ ކަމެކެެވެ.

”މި ބައްދަލުވުންތަކުގެ އެންމެ މުހިއްމު ބޭނުމަކީ ވީހާވެސް ގާތުން ރައްޔިތުންގެ އިހުސާސްތައް އަޑު އަހައި ދެނެގަތުން“ ނަރީޝް ވިދާޅުވިއެވެ.

މި ބައްދައްލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް ތިރީގައި މިވާ ލިންކް މެދުވެރިކޮށް އެ ބައްދަލުވުމަށް ވަދެވޭނެއެވެ.

https://www.clubhouse.com/join/male-city-council/AM9Epojr/M4GBR3Bl
އަލަށް އިންތިހާބު ވެގެން ދިޔަ ކައުންސިލް ފާހަގަވެފައިވަނީ ރައްޔިތުންނާއި ނުހަނު ގާތުން މަސައްކަތް ކުރާ ކައުންސިލެއް ގޮތުގައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި ކަންކަން ހިއްސާ ކުރުމަށް މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ވައިބާ ކޮމިއުނިޓީއެއް ހިންގާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button