އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި އެމްޑީޕީގެ މެމްބަރ ހައްޔަރުކޮށްފި

އިންޑިއާ ހައިކޮމިޝަން ގޮައްވާލާނެކަމަށް ބުނި އެމްޑީޕީގެ މެމްބަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި މިކަންވަނީ ހާމަކޮށްފައެވެ.
މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮރގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ބަލަމުން އަންނަ ކަމަށް، ފުލުހުންވަނީ ބުނެފައެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އިންޒާރާއި ގުޅިގެން އިންޑިއާ އަދި ޗައިނާ ހައިކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އެކްޓިވިސްޓަކު އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވަނީ، އިދިކޮޅު ފަރާތްތަކުން އިންޑިޔާގެ އަސްކަރިއްޔާއިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ބުނެ ”އިންޑިޔާ އައުޓް“ ގެ ނަމުގައި ކެމްޕެއިން ހިންގަމުންދާ ދަނޑިވަޅެއްގައެވެ.