ޚަބަރު
އިންޑިއާގައި ދިވެހި އަންހެނަކަށް ހަމަލާ ދިނުމަށްފަހު ފޯނު ފޭރިގަނެފި

އިންޑިއާގެ ނިއު ދިއްލީގައި ސައިކަލެއްގައި ދިޔަ ދެ ފިރިހެނަކު ދިވެހި އަންހެނަކަށް ހަމަލާ ދިނުމަށްފަހު އޭނާގެ ފޯނު ފޭރިގަނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފޯނު ޖަހައިގަތީ އޭނާ އޮޓޯއެއްގައި ކޮލެޖު ގެސްޓްހައުސް އަށް ދިޔަ މަގުމަތީގައެވެ. އެއީ ދިއްލީގައި ހުންނަ ސްޓެފަން ކޮލެޖުގައި ކިޔަވަމުންދާ ހައްވާ ސިންމާ ނަމަކަށް ކިޔާ ދަރިވަރެކެވެ. މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:45 އެހާކަންހާއިރެވެ.
މި މައްސަލަ މިހާރު އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ހާރިޖީ ވުޒާރާގެ ބަހެއް ހަބަރު ޝާއިކުރުމާ ހަމައަށް ”ބޮންތި“ ނޫހަށް ލިބިފައެއް ނުވެއެވެ.