ޚަބަރު

ފުއްގިރި މައްސަލައިގަ ފުލުހުންގެ ތަޙުޤީޤު ފައިލްތައް ދޫކުރަން ކޯޓުން އަމުރުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ތައްޔާރުކުރާ ތަޙުޤީޤު ފައިލްތައް މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ދައުލަތުން މަނީ ލޯންޑަރިންގެ ދަޢުވާ ކުރަނީ މއ. ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފުކުރި މައްސަލައިގައި އެ ކޯޓުން މިއަދު ނެރުނު ޙުކުމުގައި ބުނީ ދިފާޢުން މައްސަލައިގެ ތަޙުޤީޤުއި ހިމެނޭ ހުރިހާ މަޢުލޫމާތެއް ދިނުމަށް އެދިއްޖެނަމަ ދަޢުލަތުން އެ މަޢުލޫމާތުތައް ދޫކޮށްދޭން ޖެހޭނެ ކަމަށެވެ. މައްސަލައިގައި ދިފާޢުން ވަނީ ފުލުހުންގެ މުޢައްސަސާ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށް އެދިފައެވެ. ދަޢުލަތުން އެކަމަށް އިންކާރުކުރި ނަމަވެސް މައްސަލަ ބެއްލެވި ޣާޒީ އަލީ ނަދީމް ނިންމެވީ އެ ފައިލްތައް ދޫކުރަންޖެހޭނެ ކަމަށެވެ. އަދި ތަޙުޤީޤު ފައިލްތައް ހޯދުމަށްފަހު ކޯޓަށާއި ދިފާޢަށް ހިއްސާކުރުމަށް ފަސް ދުވަހުގެ މުހުލަތެއްވެސް ޣާޒީ އެރުވި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތުޤަ ބޫލުކުރުމުގެ ދައުވާ އެވެ. އަދި ކްރިކް ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދަޢުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދަޢުވާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button