
ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވުމަންޓް (އެމްއާރްއެމް) އުވާލައިފިއެވެ.
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބެންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވުމާ ގުޅިގެންނެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުޞަތު ދިނުމުންވެސް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައެވެ.
އެމްއާރުއެމް އުވާލަން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.