ޚަބަރުސިޔާސީ

ރައީސް އިބްރާހީމުގެ ވިސްނުން ހުރީ ގޭގައި އިންދާފަ ހުންނަ ގަހާއި، ފެން ހޮޅިއާއި ގަސްކާނާގެ ލިސްޓު މެންބަރު މެދުވެރިކޮށް މަޖިލީހަށް ހިފައިގެން އައިސް ކިޔާ ލެވެލްގަ: ސައީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުންނަނީ ގޭދޮށު ހުސްޖާގައިގަ އިންދާފަ ހުންނަ ގަހާއި، ފެން ހޮޅިއާއި ގަސްކާނާގެ ލިސްޓު މެންބަރު މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހިފައިގެން އައިސް ކިޔާ ލެވެލްގައި ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ރައީސް އިބްރާހީމަށް މަލާމާތް ކުރައްވައިފިއެވެ.

މެންބަރު ސައީދު މިފަދައިން ރައީސް އިބްރާހީމަށް މަލާމާތް ކުރެއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި އެޖެންޑާ ކުރެވުނު ތޮޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި
ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރ އިޔާދަކޮށް، ދަނޑުވެރި
މީހާއަށް ދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒު ދަނޑުވެރިކަމަށް ސަރުކާރުން ކޮށްދީފައިވާ ކަންކަމުގެ ލިސްޓެއް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

އެގޮތުން ސައީދު ވިދާޅުވީ ރައްޔިތުން ކުރާ ބުރަ މަސައްކަތް ލިސްޓަކަށް އަޅައިގެން މަޖިލީހުގައި އިއްވުމަކީ ޖޯކެއް ކަމުގައެވެ.

”ފެން ޖަހައޭ. ފެން ޖަހަން ހޮޅި ދިނީމޭ، ހޮޅިއަށް އިސްކުރު ލީމޭ، އިސްކުރުގަ ދަބަރު ޖެހީމަ އެތަންކޮޅު ފިލުވީމޭ، ގަސްކާނާ ކޮޅެއް ދިނީމޭ، ވެރިއެއްގެ ވިސްނުން މިވަރަށް ހަނިވާ ވުން މި މަޖިލީހުން ދިފާއު ކުރަން ވެއްޖެއެއްޔާ ޒުވާން ޖީލަށް އޮތީ ކޮން އުންމީދެއް ތޯ.“ ސައީދު ވިދާޅުވިއެވެ.

މެންބަރު ސައީދު ވިދާޅުވިގޮތުގައި އެކަމުން ދޭހަވަނީ ރައީސް އިބްރާހީމުގެ ނާގާބިލު ކަމާއި، ވައުދު ނުފުއްދެވުމުގެ މޮޅުކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button