ޚަބަރުސިޔާސީ

ރިޖެކެޓް ކަންނެއްޔާ ގުޅޭގޮތުން ވަޒީރާ ކުރި 3 ސުވާލަށްވެސް ޖަވާބެއް ނުދިން!

މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް
ލެވެލާ ގުޅޭ، ފާއިތުވީ 3 އަހަރުގެ ތަފްސީލް ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ”ދަ ޑިމޮކްރެޓްސް“ ގެ މެންބަރު މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން އާއި ކުރެއްވި ސުވާލުތަކުން ރެކިވަޑައިގެންފިއެވެ.

މެންބަރު ބޮންޑެގެ ފުރަތަމަ ސުވާލަކަށްވީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް
ލެވެލަށް ފާއިތުވީ 3 އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ ނުވަތަ
ހިލޭ ދޫކޮށްލެވިފައިވާނަމަ އެ ފައިސާގެ ޖުމްލަ އަދަދު ހޯއްދެވުމެވެ. ދެވަނަ ސުވާލަކީ ފާއިތުވީ 3 އަހަރު މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި
ކަންނެލިމަހުގެ ރިޖެކްޝަން ލެވެލްއަކީ ނުވަތަ ޝިޕްމަންޓްތަކުގެ އިންސައްތައަކީ ކިހާ ވަރެއްތޯއެވެ. އަދި ތިންވަނަ ސުވާލަކަށްވީ ތައިލެންޑު ބަނދަރާ ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑްސްޓޯރޭޖާ ހިސާބުން ރިޖެކްޓްވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހަށް ހައްދަވަނީ ކިހިނެއްތޯއެވެ. އެ ތިން ސުވާލާ ގުޅޭގޮތުން މަޖިލީހުން މިނިސްޓަރ ހުސައިން ރަޝީދަށް ފޮނުވި ތިން ސިޓީގެ ޖަވާބު މަޖިލީހުގެ އަމީން އާންމު ވަނީ އިއްވަވާފައެވެ. މިނިސްޓަރ ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވެވި ސިޓީގައިވާގޮތުން އެއީ ވަޒީރު ބައްލަވަންޖެހޭ ތަފާސްހިސާބުތަކެއް ނޫނެވެ. އަދި ބެލެވޭގޮތުގައި އެމައުލޫމާތު ހޯދަންޖެހޭނީ މިފްކޯއިން ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރުގެ ޖަވާބާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ވަޒީރާއި ބެހޭ ކަންކަމާއި ނުބެހޭ ކަންކަން އަމިއްލަފުޅަށް ނިންމުމުގެ ބާރު ވަޒީރަށް ނޯންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button