ޚަބަރު

މިފްކޯއިން އަލަށް ގެނައި ބޯޓަށް މަސްކިރަން ފެށިތާ 3 ގަޑި އިރުނުވަނީސް ބޯޓު ހަލާކުވެގެން މަސްކިރުން ހުއްޓާލައިފި

މިފްކޯއިން މިމަހުގެ 18 ވަނަ ދުވަހު އަލަށްގެނައި ޖަޒީރާ 103 ނަމަކަށް ކިޔާ ބޯޓަށް މަސްކިރަން ފެށިތާ 3 ގަޑި އިރުނުވަނީސް ހަލާކުވެގެން ބޯޓަށް މަސްކިރުން ހުއްޓާލައިފިއެވެ.

މިބޯޓަކީ އެތައް ހަރަދެއްކޮށްގެން ދައުލަތުގެ ވަޒީރުންގޮސް ގދ. ފަރެސްމާތޮޑާގައި ހާއްސަ ބޮޑު ރަސްމިއްޔަތަކާއިއެކު މަސްކިރުމުގެ އޮޕަރޭޝަން ފެއްޓިބޯޓެކެވެ. މިއީ ގދ އަތޮޅަށް ހާއްސަކޮށްގެން ގެނެސްފައިވާ ބޯޓެކެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބޭގޮތުގައި މިހާރު ބޯޓްވަނީ މަރާމާތުކުރަން ކޫއްޑޫއަށް ގެންގޮސްފައެވެ. އަދި ބޯޓަށް މަސްކިރަން ކިއުނަންބަރު ދޫކޮސްފައިވާ އެތައްދޯންޏަކަށް މަސްނުކުރި މަސްކޮޅު ރައްކާނުވެގެން މަސްވެރިންތިބީ ބޮޑުނުތަވަސް ކަމެއްގައެވެ.

18 މޭއި 2023 ވީ ބުރާސްފަތި ދުވަހު ގދ.ފަރެއްމާތޮޑާގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރާއި، ފިނެންސް މިނިސްޓަރާއި އަދި މިފްކޯގެ ސީއީއޯ ދެއްކެވީ އަލަށްގެނައި ބޯޓުގެ މޮޅުވާހަކައާއި މަސްކިރަން ފަސޭހަވާހައާއި ބޯޓުގައި ޒަމާނީ ފެންވަރުހުރި ވާހަކައެވެ. އަދި ދުވާލަކަށް 120 ޓަނުގެމަސްބޯޓަށް ކިރޭނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީވަނީ ރަސްމިއްޔާތުގައި ވިދާޅުވަފައެވެ. ސިއީއޯ މިހެން ވިދާޅުވިއިރު 60 ޓަނުގެ މަސްނުކިރެނީސް ބޯޓުގެ ފިނިކުރުމުގެ ނިޒާމުގައި ހުރި ހޮޅިތަށް ފަޅައިގެންގޮސް މަސްކިރުންވަނީ ހުއްޓާލާފައެވެ. އަދި ގިނަ މަސްވެރިން ބުނަމުން އަންނަނީ އެބޯޓަކީ ދޯނިފަހަރު ކައިރިކޮށްގެން މަސްކިރޭނެ ގޮތަށް ފަރުމާ ކުރެވޮފައިވާ ބޯޓެއްނޫންކަމަށެވެ. ބޯޓުގެ ދެފަރާތުގެ އަރިމަތިން ބޭރަށް ނެރެފައިވާ ބައެއްގެ ސަބަބުބް ބޯޓަށް މަސްކިރަން ކައިރިކުރާ ދޯނިތަކަށް ބޮޑެތި ގެއްލުންވާނެކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

ފަރެސްމާތޮޑާގައި ބޭއްވި މިިހަފްލާއަކީ މަސްވެރިންގެ ލޮލުގައި އަނދުންއަޅަން ސަރުކާރުންކުރި ކަމެއްގެ ގޮޮޮތުގައިި ބައެއް މަސްވެެެރރން ވަނީ ސިފަކޮށްފައެވެ.

އެނގިފައިވާގޮތުގައި ބޯޓުގެ އެތެރެ ވަނީ ވަރަށްބޮޑަށް ދަބަރުހިލި ހޮޅިލައިނު އެއްކޮށްބަދަލު ކުރަންޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button