ޚަބަރުސިޔާސީ

ގަދަބާރުން ވެރިކަމުގަ ހުރުމަށް ރައްޔިތުން ޙާލުގައި ނުޖައްސާ: އަމްރު

ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ޙާލުގައި ނުޖެއްސުމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ރައީސް އިބްރާހިމަށް ގޮވާލައްވައިފިއެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުން ބަދަލުގެގޮތުގައި ދާއުލަތުގެ މާލިއްޔާއިން އެތައް ފައިސާއެއް ޚަރަދުކުރައްވަމުން ގެންދަވާތީ އަމްރު ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ.

ދާދިފަހުން އަމްރު ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވަކިވެވަޑައިގެންފައެވެ. އަމްރު ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ކަމުން ވަކި ކޮށްފައިވަނީ އެމްޑީޕިގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދަށް ކެމްޕޭނު ކުރައްވައި، އޭރުގެ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން ފަރާތުން ޖުމްހޫރީ ޕާޓީއާއި ބައްދަލު ކުރި ބައްދަލު ކުރުން ތަކަކަށް ފަހުގައެވެ.

މަޤާމުން އަދި އެމްޑީޕީއިން ވަކިވެވަޑައިގެންނެވުމަށްފަހު އަމްރު ދަނީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި މީގެއިތުރުން މި ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަމަށް ފާޑުވިދާޅުވަމުންނެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވައްކަމުން ސަރުކާރު ކުންފުނިތައް ހުސްކޮށްލާ، ބަދަލުދީ ބައިތުލް މާލު ހުސްކޮށްލާ، ރަށްތައް ބަހައި ހުސްކޮށްލުމަކީ އިންތިޚާބުވާން ކިތަންމެ ބޭނުމަސް ކުރަން ހެޔޮވާވަރު ކަމެއްނޫން ކަމަށެވެ.

މިއާއިއެކު އޭނާ ވަނީ ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ޙާލުގައި ނުޖެއްސުމަށްވެސް ގޮވާލައްވާފައެވެ.

”ވެރިކަމުގަ ގަދަބާރުން ހުރުމަށް ރައްޔިތުން ހާލުގަ ނުޖައްސާ“ އަމްރު ވިދާޅުވިއެވެ.

އަމްރު މިފަދައިން ޓްވީޓް ކުރަށްވާފައިވާއިރު އިއްޔެ އިކޮނޮމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ ”އިޤްތިޞާދީ ބޭނުންތަކަށް ތަރައްޤީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ ޤަވާއިދު“ ގައިވަނީ ފަޅު ރަށެއްގައި އިޤްތިޞާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މިއާއިއެކު އެތައްބައެއްގެ ފާޑުކިޔުން ރައީސް އިބްރާހިމާއި އޭނާގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button