
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީން ވަކި ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ތާއީދެއް އޮންނަ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ރައީސް ސޯލިހު ބޭނުންފުޅުވީމަ، މަޖިލީހުގެ ކޮމެޓީގެ މެންބަރުން ވަކި ކުރާ އުސޫލުން މަޖިލީހަކީ ހިންގާ ތަނެއް ނޫން ކަން ފާހަގަކުރެއްވުމާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު މުގުނީ ފޮނުއްވެވި މެސެޖަކަށް ރައްދު ދެއްވަމުން ނެވެ.
އެގޮތުން މަޖިލީހަކީވެސް ރިޔާސަތުގައި އިންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ހިންގަން އޮންނަ ތަނެއް ނޫން ކަން ރައީސް ސޯލިހު ފެކްޝަނުގެ މެންބަރު މުގުނީ ފާހަގަކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޕާޓީއިން ވަކި ކުރާނަމަ، ވަކި ކުރަންވީ ރައީސް ސޯލިހު ކަމުގައެވެ.