ފާފައަކީ ރިޒުޤުގެ ދޮރުތައް ބަންދުވާ ކަމެއް: ޚުޠުބާ
އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި، ފާފައަކީ ރިޒުޤުގެ ދޮރުތައް ބަންދުވާ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ”ފާފައިގެ އަސަރު“ މި މައުޟޫއަށް ޚާއްސަކޮށް ބުނީ މާތް الله އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. އަދި ފާފަކުރުން ލުއިގޮތަކަށްދެކޭ މީހުން ދުނިޔަވީ މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވާ ކަމަށެވެ.
ފާފައަކީ އޭގެ ސަބަބުން މާތް الله ގެ ކޯފާއާއި ޢަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި، އެއީ ޢިއްޒަތްތެރިން ނިކަމެތި ކޮށްލައި، އޭގެ ނުބައި އަސަރު ރަށްތަކަށާއި އަޅުތަކުންނަށް ފޯރާ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި މީގެ އިތުރުން ފާފައަކީ ރިޒުޤުގެ ދޮރުތައް ބަންދުވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
”ފާފައަކީ ޢިއްޒަތްތެރިން ނިކަމެތި ކޮށްލާ އެއްޗެކެވެ. އޭގެ ނުބައި އަސަރު ރަށްތަކަށާއި އަޅުތަކުންނަށް ފޯރަ އެވެ. ރިޒުޤުގެ ދޮރުތައް ބަންދުވެ އެވެ.“ ޚުޠުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ ފާފަ ކުރުމަށްފަހު އެކަމާ ފަޚުރުވެރިވެ، އެވާހަކަ ދައްކައި އުޅުމަކީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެއް ކަމަށާޢި ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖްތަމަޢުއަށް ކުރިމަތި ކުރާ އެއްޗެއްކަމަށެވެ. އަދި އޭގެ ސަބަބުން މުޅި މުޖްތަމަޢު ނުރައްކަލަށް ހުށައެޅި ދިރިއުޅުމުގެ ޙަޔާތް ނާމާންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
”ފާފަ ކުރުމަށްފަހު އެކަމަށް ފަޚުރުވެރިވެ އެވާހަކަ ދައްކާ އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.“ ޚުޠުބާގައި ބުނެފައިވެ އެވެ.
މިއާއެކު ޚުތުބާގައި ވަނީ ސަލާމަތުގެ މަގު ބޭނުންވާ ނަމަ، ފާފަތަކުން ތަޢުބާވުމަށް އަވަސްވެގަތުމަށް އެދިފައެވެ.