ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފި

މޫސްުން ގޯސްވެ ސާޅީސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފި އެވެ. ނ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކާ ހަމައަށް ހުދުސަމާލު ނެރެފައިވަނީ މިއަދު 11:30 އިން ހަވީރު 5:30 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނި ގޮތުގައި އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މެޓް އޮފީހުގެ ސެޓެލައިޓް ފޮޓޯއެއް
މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށެވެ. މިއާއިއެކު އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ. މީގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 – 7 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖެ އަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގަމުންދާތީ  ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button