މާލެ ސިޓީ ކައުންސިލުން އައު ކުންފުންޏެއް އުފައްދަނީ
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ގިނަ މަޝްރޫތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ކުންފުންޏެއް އުފައްދަން ނިންމާފައިވާ ކަމަށް ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާ ވަހިކަމުގެ މައްސަލަ ކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ދަނީ ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ އެއް ބާރުލުން ބޭނުން ވާކަމުގައި މުއިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުންފުންޏެއް އުފެއްދުމަށްޓަކައި ވަރަށް އަވަހަށް ފައިނޭޝިއަލް ކޮންސަލްޓަންޓެއް ސިޓީ ކައުންސިލަށް ނަގާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެ ކުންފުނި ހިންގާނީ އަމިއްލައަށް ފައިނޭންސް ހޯދައިގެންނާއި، ބޭރުގެ ފަރާތްތަކާ ގުޅިގެން ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މާލޭ ސިޓީ ކައުންސިލް ގެ މޭޔަރުކަމާއި މުއިއްޒު ހަވާލުވެ ވަޑައިގަތް ފަހުން އޭނާ އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.